Sunday, 14 September 2025

ފޯޅަވަހި އަނބުރާ ހޯދުމަށް: އެކި ރައީސުންގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން ކުރަމުން އަންނަ ހިމޭން އިހްތިޖާޖުގެ ސިލްސިލާ!

އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް / ފޯޅަވަހީގެ ޙައްޤުގައި ދިވެހީން:

26 ޖުލައި 1965 ގައި، އެންގްލޯ މޯލްޑިވިއަން ޑިފެންސް އެގްރީމަންޓް ނިމުމަކަށް ގެނެވި، އިނގިރޭސި ހިމާޔަތުން ދިވެހިރާއްޖެ ވީއްލިއްޖެއެވެ. އެއަހަރު ނޮވެމްބަރު މަހުން 8 ގައި، އިނގިރޭސި ރަސްކަމުގެ ޕްރައިވީ ކައުންސިލްގެ "އޯޑަރ އިން ކައުންސިލް" އަކުން ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ބައެއް (BIOT) ކަމުގައި ކަނޑައަޅައިފިއެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އެއަހަރުގެ 16 ޑިސެމްބަރު ގައި، އދ. ގެ ޤަރާރު ނަމްބަރު 2066 އިން މޮރިޝަސް ޑިކޮލޮނައިޒް ކުރުމަށާއި، އޭގެ ކުރިން ފޯޅަވަހި އެތަނާއި ވަކި ނުކުރެވޭނެ ކަމަށް ގޮވާލިއެވެ. އެގޮވާލުމަށް އިޖާބަދީ 12 މާޗް 1968 ގައި، އިނގިރޭސި ޕާލަމަންޓުން "މޮރިޝަސް އިންޑިޕެންޑެންޓް އެކްޓް" ފާސްކޮށް މޮރިޝަސް މިނިވަން ކޮށްފިއެވެ. ޤާނޫނީ އަދި ސިޔާސީ ނަޒަރުން ބަލާއިރު ތަފާތު ތިން ޙާލަތުގައި ކުރެވުނު ތަފާތު ތިން ކަމެކެވެ. އާދެ! އެއްކަމަކީ ދިވެހިރާއްޖެއާއި އެކީގައި އޮތް ޑިފެންސް އެގްރިމެންޓެއް ނިމުމަކަށް ގެނެވުނީއެވެ. ދެވަނަކަމީ އިސްތިޢުމާރުގެ ދަށުގައި އޮތް ވަކި ސަރަހައްދެއް އެއީ އިނގިރޭސި ދައުލަތުގެ ބައެއް ކަމުގައި ކަނޑައެޅީއެވެ. ތިންވަނަ ކަމަކީ އދ ގެ ޤަރާރު ނަމްބަރު 2066 އާ އެއްގޮތަށް މޮރިޝަސް ޑިކޮލޮނައިޒް ކުރެވުނީއެވެ!

މިދެންނެވުނު ފަސްމަންޒަރާއި އަޅުވާ، މިމަޒުމޫނުގައި ބަލައިލާނީ، ފެށުނީއްސުރެ ދިވެހި ދައުލަތުން އދ ގައި ފޯޅަވަހި އެއީ ދިވެހިރާއްޖޭގެ ބައެއްކަމުގައި ދުނިޔެއަށް އަންގަން ކުރަމުންދާ "ހިމޭން އިހުތިޖާޖު" ގެ މައްޗަށެވެ. ރައީސް މައުމޫނުގެ ވެރިކަމުގަ އެ އިހްތިޖާޖު ކުރެއްވީ ކިހިނެއްތޯއެވެ؟ ރައީސް ނަޝީދު އެ އިހްތިޖާޖް ކުރިއަށް ގެންދެވިތޯއެވެ؟ ރައީސް ޔާމީން ފަދައިން ރައީސް ޞާލިޙްގެ ވެރިކަމުގައި ވެސް އެއިހްތިޖާޖު ކުރައްވާފަ ވޭތޯއެވެ؟

Friday, 12 September 2025

ފޯޅަވައްސަކީ، އިސްލާމީ ދިވެހިރާއްޖޭގެ މިލްކު ތަނެކެވެ.

ޢަބްދުﷲ ރަޝީދު، ލިނެޓް: 
ހުޅަނގު ގައުމުތަކުން މުއްސަނދިކަން ހޯދުމަށްޓަކައި ދުނިޔޭގެ ތެރެއަށް ފެތުރިގަތް ދުވަސްވަރު ކަމަށްވާ މީލާދީން 1715 ގައި ފަރަންސޭސީން އެތަނަށް އެރީއެވެ. ވެރިވެގަތީއެވެ. އެކަމަކު އެތަނުގެ މިލްކުވެރި ފަރާތަކީ، ދިވެހި ދައުލަތްކަން ބަޔާން ކުރައްވައި އޭގެ 155 އަހަރު ކުރިން އެތަނަކީ، ދިވެހި ދައުލަތުގެ ތަނެއްކަންމާއި، އެތަނަށް ވައިވެސް ނޭޅުމަށް އަންގަވައި ދިވެހިރާއްޖޭގެ ރަސްގެފާނު ހަސަން (9) ވަނީ، އެދުވަސްވަރު މިސަރަހައްދަށް ވަދެގެން އުޅުނު ހުޅަނގުގެ ބާރެއްކަމަށްވާ ޕޯޗުގީޒުންގެ ރާޖާއަށް ރަސްމީ ސިޓީފުޅު ތަކަކުން ވަރަށް ސާފުކޮށް އަންގަވާފައެވެ. އެރަސްގެފާނުގެ އެ ސިޓީފުޅަށް އެދުވަސްވަރު ޕޯޗުގީޒުން އިހުތިރާމު އަދާ ކުރިއެވެ. އެ ސަބަބަށްޓަކައި ފޯޅަވައްސަށް ޕޯޗުގީޒުން ވެރިވެއެއް ނުގަނެއެވެ.